މާލޭގެ މަގެއްގެ މަތިން ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް، 30އ. އެވެ. އަދި އޭނާ ދުއްވި ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުން ސައިކަލުގައި ދުއްވާފައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަން އުޅުނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ފިރިހެނެކެވެ. އެ ފިރިހެން މީހާ ހުރީ ހެލްމެޓް އަޅައިގެންނެވެ.
ނަމަވެސް ފަހަތުން އައިސް ކަރުގައި އޮތް ފަށް ފޭރިގަންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން، ފިރިހެން މީހާގެ ކިބައިން ސަލާމަތްވާން ސައިކަލު މަގުމައްޗަށް ވައްޓާލާފައި އަންހެން މީހާ އެތަނުގެ ކައިރީގައި ހުރި ގެއެއްގެ ތެރެއަށް ވަންނަން ތަން ވީޑިއޯ އިން ފެނެ އެވެ.
އަންހެން މީހާގެ ފަހަތުން ފިރިހެން މީހާ ދިޔަ ނަމަވެސް، އެ ވަގުތު އެ ސަރަހައްދަށް މީހުން އެއްވާން ފެށުމުން ފިރިހެން މީހާ ސައިކަލަށް އަރައިގެން އެތަނުން ފިލަ އެވެ.




7 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި