މުސްލިމުން ގައިރު މުސްލިމުންގެ ދީނީ ޝިއާރުތަކަށް ތަބައަވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށް އިލްމުވެރީން ވިދާޅުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޣައިރުދީންތަކުގެ ޝިއާރުތައް ފާޅުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ޝައީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތް الله އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތައް ކަމަށާއި އެގޮތުން ސޯލިހު ކޮންމެ އަމަލަކީ اللهގެ ޝައީރާއެއް ކަމަށެވެ. އަދި މާތް الله އެކަލާނގެ ޝައީރާތައް މާތްކުރައްވައިފައިވާތީ އަހުރެމެން މުސްލިމުން ވެސް އެ ޝައީރާތައް މަތިވެރިކުރާން ޖެހޭނެ ކަމަށާއި އެގޮތުން އެކަލާނގެ ކަލާމްފުޅު، ކީރިތި ގުރުއާން މާތް الله މަތިވެރިކުރައްވައިފާ ކަމަށް ބުންޏެވެ.
އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަހުސިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝައީރާގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ގައިރު ދީންތަކުގެ މީހުންގެ އެއްވެސް ކަމެއްގައި މުސްލިމުން އުޅެގެން ނުވާނެ ކަމަށް ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެ މީހުންގެ ހާއްސަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ އީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް އަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަހުސިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި އެ އިހުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ހެޔޮ ލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތު ފަތުރައިގެން ކަމަށާއި އިސްލާމީ އަގީދާއާއި އަހުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށެވެ. އަދި ގައިރު މުސްލިމުންގެ އީދުތަކާއި އެއުރެންގެ އަގީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ހަރާމްވުމަކީ، އެއުރެންނާ މެދު އިހުސާންތެރިވެ އަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށާއި މުސްލިމުންނާއި ގައިރު މުސްލިމުންގެ ގުޅުމުގެ އަސްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ސުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުން ކަމަށެވެ.
އަދި ގައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިހުސާންތެރިވެ އަދުލުވެރިވުމަކީ މުސްލިމުންނަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެއް ކަމަށް ބުންޏެވެ.
ގުޅުންހުރި
ނަމާދަކީ ދުނިޔެވީ ގޮތުން ކުރާން ހުރި ހުރިހާ ކަމެއް ނިމުމުން ކުރާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު