ބިންވެރިޔާ ސްކީމުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓައިފައިވާ މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ނުވަ މީހުންގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އެ ނުވަ މީހުންގެ ތެރެއިގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭނެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށެވެ.
ވަގު ލިޔުން ހަދައިގެން ޝަރުތުހަމަނުވާ ބަޔަކަށް ބިންވެރިޔާ ސްކީމުން ގޯތިދިން މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ތަހުގީގަށް ސުވާލުކުރި ފަރާތްތަކުން ބުނެފައިވަނީ ފޯޖުކުރި ލިޔުންތައް ދީފައި އޮތީ ކުރީ ސަރުކާރުގައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ފަޒީލާ ސުވާލުކުރުމުން އޭނާ ވެސް ބުނެފައިވަނީ އެ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޯތި ނުލިބުމުން ފަޒީލް ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ވެސް ބައްދަލުކޮށްފައެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި