ރާއްޖެ ކަަައިރިއަށް ބިން ހެލުމެއް އަައިސްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ އެ ބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރު 1:38ގައި އިންޑިއާގެ ކަނޑު އަޑީގައި އޮންނަ ސަރަހައްދަކަށެވެ.
މެޓުން ބުނީ 4.7 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ކްލާސްބާގ ރިޖްއަށް ކަމަށެވެ. އެއީ، ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ. މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެ އެވެ. ރާއްޖެއިން އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަނީ އައްޑު އަތޮޅެވެ.
ބިން ހެލުން އައިސްފައި ވަނީ މާލެއާ 912 ކިލޯމީޓަރު ދުރަށް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރެއް އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.
\ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި