ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު، އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރަށްފަހު، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ހަލީލު، ޔޫއޭއީއަށް ފުރާވަޑައިގެންނެވީ ރަސްމީ ދަތުރެއްގައި ކަމަށާއި އެއީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކަމަށެވެ.
އެދަތުރުގައި ހަލީލު، ޒައިދު އަލް ނަހްޔާން އާ ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށްވެ އެވެ. އަދި އެކުގައި މަސައްކަތް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
”މި ދަތުރުފުޅުން، ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ޔޫއޭއީ އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ގުޅުން އިތުރު ކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ އެވެ،“ ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ މިދިޔަ ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ހަލީލް ކުރައްވާ ދެވަނަ ރަސްމީ ދަތުރެވެ.

ގުޅުންހުރި
ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރަން އިޒްރޭލުން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ތާއީދެއް ނުކުރަން: ހަލީލް
ލަންކާގައި ހަމަލާ ދޭން އުޅުނު މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި
އިންޑިއާއިން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޮތްވަައި ހަލީލު އިންޑިއާއަށް!
އިޒްރޭލުގެ ދިފާއީ ވަޒީރު އަގްސާ މިސްކިތައް ވަނުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި