ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބިފައިވާ މީހުންގެ ލިސްޓު އަންނަ ރޯދައިގެ ކުރިން އާންމު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، ގއ. އާއި ގދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފްލެޓާއި ގޯތި ދޫކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކަށް ދިން ގޯއްޗާއި ފްލެޓް އަތުނުލައި ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމަށެވެ.
”އަޅުގަނޑު އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އެ 4،000 ފްލެޓްގެ ކަންތައް ނިންމައި ހަވާލު ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް އިރާދަކުރެއްވިއްޔާ އިއުލާންކުރުމަށް ހަމަ މި މަސައްކަތް ކުރަމުންދަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަކަރާއި ހީލަތުން ފްލެޓް ހޯދުމަށް މަސައްކަތް ކުރި މީހުންގެ އަތުން ފުލެޓާއި ގޯތި އަތުލާނެ ކަމަށެވެ. އެހެންކަމުން ލިޔެކިޔުން ބަދަލުކޮށްގެން ނުވަތަ ދޮގު މައުލޫމާތު ދީގެން ފްލެޓާއި ގޯތި ހޯދަން މަސައްކަތް ކުރި މީހުން ކެންސަލްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދިން ގޯއްޗެއް ފްލެޓެއް އަތެއް ނުލާނަމޭ. ނުގައިދުން ދޮގު ހަދައިގެން މަކަރު ހަދައިގެން ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލްވާނެ،“ ރައީސް ވިދާޅުވި އެވެ.
ނުހައްގުން ފްލެޓް ދިން ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކުރެވޭ މީހުންނަށް ވެސް ފްލެޓް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އެކަހަލަ ކަންތައްތަކެއް ހިންގާފައި ހުރިއްޔާ ނޫނިއްޔާ އޭސީސީން އެ ބެލިބެލުމުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފައި ހުރިއްޔާ އެ ގޯސްކޮށް ކަމެއް ކޮށްފައި ހުރި މީހުން ފިޔަވައި އެހެން އެންމެންނަށް އަޅުގަނޑު ވައުދުވި ގޮތަށް ދޭންށޭ ބޭނުންވަނީ،“ ރައީސް ވިދާޅުވި އެވެ.
ފްލެޓް ލިސްޓު ނެރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު އެކި ތާރީހުތައް ދީފަ އެވެ. އެކަމަކު، އެ ތާރީހުތަކަށް ވެސް އެ ލިސްޓު އާންމު ނުކުރެވި އުޅެނިކޮށް، އެންމެ ފަހުން ނޮވެމްބަރު 16 ގައި ވަނީ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

20 Comments
ގުޅުންހުރި
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ
ދުންފަތް ވަކި އުމުރަކަށް މަނާކުރަން މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ