މަސައްކަތް ކުރައްވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި ޒަމާނުއްސުރެ ހުރި ކޮރަޕްޝަނުގެ އަމަލުތައް މުލުން ލުހެލުމަށް ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މިފްކޯގައި ޒަމާންވީ ގޯސް ކަންތައްތަކެއް ހިނގާ ކަމަށާއި އެކަންކަން ހައްލުކުރައްވާނެ ކަމަށެވެ.
”އެތާ (މިފްކޯ) އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައްތައް ހިނގާ. އަޅުގަނޑު ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ގޮތަށް ފެންނަ ކަންތައްތަކެއް. އަޅުގަނޑުމެން އެ ހުރިހާ ކަމެއް އެތަނުން މުލުން ލުހެލާނަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބޭރުގެ ސީއީއޯއެއް އައްޔަންކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މިފްކޯ ހަރުދަނާކޮށް، އެ ތަނުގެ އިސްރާފު ކުޑަކޮށް އަދި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!