އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އުފެއްދެވި އަދި އެ ޕާޓީގައި ތިއްބެވި ބައެއް އިސްބޭފުޅުން އެމްޑީޕީއާ އަލުން ރޭ ގުޅިވަޑައިގެންފި އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
އެ ތިން ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންކަން އަމްރު ވަނީ ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ވަނީ ’ގާނޫނުއަސާސީގެ ދިފާއުގައި’ގެ ނަމުގައި މި މަހު 31 ވަނަ ދުވަހު މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމައިފަ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން ގުޅިގެންނެވެ.

3 Comments
ގުޅުންހުރި
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި ފަރުވާއަށް
4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ކުދިންނަށް ޖިންސީގޯނާކޮށް، ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މައްޗަށް ގްރީން ނޯޓިސް
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަނީ
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި