ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން އެމްޕްލޯއިމެންޓް ރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވަމުން ދަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ނެވެ.
ޕީއައިސީން މިއަދު ބުނީ ވިހެއުމަށްފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން، އަނބުރާ ވަޒީފާއަށް ނުކުތުމަށް ސަރުކާރުގެ ދެ މިނިސްޓްރީއަކުން އެންގި މައްސަލައެއް އެ ލޯފާމަށް ހުށަހަޅާފައިވާ ކަމަށެވެ. ދަރިފުޅު މަރުވެގެން އުޅޭއިރު ވަޒީފާއަށް ނުކުތުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންވެ އެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމުގެ ގޮތުން ޓްރައިބިއުނަލަށް ހުށަހަޅަން ނިންމީ ކަމަށް ޕީއައިސީން ބުންޏެވެ.
ކުއްޖަކު ވިހެއުމުން މުސާރަ އާއެކު ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވައިދަށް ގެނައި ބަދަލާއެކު މާޗު 7، 2019 އިން ފެށިގެންނެވެ. އެ ގަވާއިދުގައި ބުނަނީ އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.




ގުޅުންހުރި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލުތަކުން ދުވާލަކު 60 އެއްހާ ވޭޕް
ރައީސް އިބޫ، ސައިފޮދަކަށް ގެދޮރުވެރިޔާ ފުލެޓަށް
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ވީއައިއޭގެ އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި
ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބަޑި ޖެހުމުގެ ތަމްރީނެއް!