ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައި ރުހުން ދޭން ފާސްކުރީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު އަށެވެ.
އޭގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު އަށް ރުހުން ދޭން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ދެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައެވެ. އަދި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ވަޒީރުންނަށް ރުހުން ދިނުމަށް ފާސް ކުރައްވައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް އޭރު ބަދަލުކުރެއްވި އެވެ. އަދި ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.




1 Comment
ގުޅުންހުރި
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް