ހިންދޫ ފާދިރީއަކު އަނެއްކާވެސް ރާއްޖެ އައިސް، ރޫހާނީ ފަރުވާ ހޯދައިދޭނެ ކަމަށް ބުނެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
ރާއްޖެ މިފަހަރު އައިސްފައިވާ އެ ހިންދޫ ފާދިރީއަކީ މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ކިޔާ މީހެކެވެ. އޭނާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އަތާއި މޫނު ބަލައިގެން އަދި ހޮރޮސްކޯޕް މެދުވެރިކޮށް ދިމާވެފައިވާ ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.
އެ ޕޯސްޓުގައި ވަނީ އޭނާއަށް ގުޅޭނެ ނަންބަރު ވެސް އާންމުކޮށްފަ އެވެ. އޭނާ މީގެ ދެ ދުވަސްކުރިން ރާއްޖެ އައިސްފައިވާއިރު ފަރުވާ ދެމުން ދަނީ ހުޅުމާލޭގަ އެވެ. ކޮންމެ ސެޝަނަކަށް 300 ރުފިޔާ ނަގާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް ފާދިރީއަކު އައިސް، ރޫހާނީ ފަރުވާގެ ކްލާސްތައް ނަގައިދޭ ކަމަށް ބުނެ ކެމްޕޭނެއް ހިންގި އެވެ. އެ މީހާ ގާތަށް ގިނަ ބަޔަކު ދަނިކޮށް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ފަހުން ވަނީ ޑީޕޯޓު ކޮށްލާފަ އެވެ.

2 Comments
ގުޅުންހުރި
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި ފަރުވާއަށް
4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ކުދިންނަށް ޖިންސީގޯނާކޮށް، ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މައްޗަށް ގްރީން ނޯޓިސް
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަނީ
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި