ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު، މުއުމިނާ ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް މުއުމިނާ އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ، މި މަހު 16 ގައެވެ. އޭނާ އެ މަގާމަށްް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މުއުމިނާއަކީ މިހާރުވެސް އެޗްއާރްސީއެމްގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މިދިޔަ ސަރުކާރުގައި 8 ސެޕްޓެމްބަރު 2020ގަ އެވެ.
މުއުމިނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް ހާސިލުކުރައްވައިފަ އެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި