މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ގޮސް މިރޭ ރޭޑު ޖަހައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ ހ. ހުޅުގަލީގައި ހުންނަ އެޕާޓްމަންޓަކަށެވެ. އެ އެޕާޓްމަންޓަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިވެޓް އޮފީހެއް ހިންގާ ތަނެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ތަނުގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ނޭނގެ އެވެ.









