ބިދޭސީއެއްގެ އަތުން ފައިސާ 33.500 ރުފިޔާ ފޭރިގަތް ދެ މީހުން 10 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފަވާޒު ކަޅުތުއްތު، ހ. ރެނދަން، މާލެ އަދި 36 އަހަރުގެ ސޮފްވާން އަލީ، ލަކީހައުސް، ތ. ތިމަރަފުއްޓެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނި ރޭ ދަންވަރު މާލޭގެ ގުލާބީ ގޯޅީގައި ބިދޭސީއެއްގެ ފައިސާ ފޭރެން އުޅެނިކޮށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފަވާޒާއި ސޮފްވާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ބަންދަށް 10 ދުވަށް ޖަހަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

1 Comment
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި