މިި އަހަރަކީ އަމަލީ މަސައްކަތުގެ އަހަރު ކަމަށާއި ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަޒުމަކީ ތެދުވެރިކަމާއި އިހުލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރުއްވުން ކަމަށާއި ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި މަސައްކަތްކުރެއްވުން ކަމަށެވެ.
”މާތް ﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު ކަމަށާއި އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަގުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރެއްވުން ކަމަށެވެ.
”ވަކިން ހާއްސަކޮށް ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން. އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުން. އަދި އިސްލާމީ ޝަރީޢަތް ނަގަހައްޓައި، އިސްލާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ އަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުން،“ އެ މަނިކުފާނު ވިދާޅުވި އެވެ.

3 Comments
ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި