ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާއެކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މަރުވީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާއަށް ލިބުނު ތިން ވަނަ ދަރިފުޅެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ ޝިއުނާއާއި އޭނާގެ ދަރިފުޅު މަރުވީ ހޮސްޕިޓަލުންގެ އިހުމާލުންތޯ ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަރިފުޅު ނެގީ ސިޒޭރިއަން ހެދުމަށް ފަހު އިއްޔެ ހެނދުނެވެ. އެކަމަކު އެ އޮޕަރޭޝަނަށް ފަހު ޝިއުނާ ހޭނާރާ އޮތުމުން ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.
ދެމައިންގެ ހާލު ސީރިއަސްވެ މާލެ ގެންދަން އާއިލާ އިން ބޭނުންވި ނަމަވެސް ދެމައިން މާލެ ގެންދިޔުމުގެ މަސައްކަތް ފެށީ ރޭ ވަރަށް ލަސްވި ފަހުންނެވެ. އެގޮތުން އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން، ރޭ 11 ޖަހާކަންހާއިރު ޝިއުނާ ކޫއްޑުއަށް ގެންދިޔަ ނަމަވެސް މާލެ ފުރުވާނުލެވި އުޅެނިކޮށް، ކޫއްޑޫގައި އޭނާ މަރުވީ އެވެ.
ޝިއުނާގެ ދަރިފުޅު މަރުވީ ރޭ ފަތިހު މާލެ ގެނައި ފަހުންނެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ޝީބާ އަހުމަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޝިއުނާއާއި އޭނާގެ ދަރިފުޅު މަރުވީ ގއ. އަތޮޅު ހޮސްޕިޓަލުން އޭނާއަށް ލިބެންޖެހޭ ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ އަދި އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން ކަމަށެވެ.
”މިއަދު ތުއްތު ދެ ދަރިންނާއި ފިރިމީހާ އަދި އާއިލާއާ އެ ދެ ފުރާނަ ވަކިވެގެން ދާން ޖެހުނީ، ސިއްހީ ނިޒާމް ފެއިލްވެފައިވާތީ. ކޮންމެ އިހުމާލަކީ އަނިޔާއެއް. ފޫނުބެއްދޭވަރުގެ ގެއްލުމެއް،“ ފޭސްބުކްގައި ޝީބާ ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާ ލަސްވެ، މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުކޮށް ދިމާވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ހިތަށްއަރަނީ ކީއްވެހޭ އަތޮޅު ހޮސްޕިޓަލް ނަން ބޯޑު އަޅުވާފައި މި ހުންނަނީ،“ ޝީބާ ވިދާޅުވި އެވެ.


5 Comments
ގުޅުންހުރި
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް
ދެމައިންގެ މަރު: އިހުމާލުވި ބަޔަކު ހޯދަން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް
ދެމައިންގެ މަރު: އެއާ އެމްބިއުލާންސްގައި އޮކްސިޖަންއެއް ނެތް، ވެންޓިލޭޓަރު ހަލާކުވެފައި!
އިހަވަންދޫގައި ހޮސްޕިޓަލެއް ހަދަން އާރްޑީސީއާ ހަވާލުކޮށްފި
ދުބާއިގެ ހޮސްޕިޓަލަކާއި، ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފި
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ: