ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅު ނުވި ނަމަ ރާއްޖެއަށް ޑިމޮކްރަސީ ނުގެނޭވެނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ފުރުއްވި އަދި އެ ވެރިކަމުގައި ޖަލަށް ލާފައިވާ ގާސިމު އެހެން ވިދާޅުވީ އޭނާގެ ބަޔޮގްރަފީ ނެރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ގާސިމު ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، މައުމޫނަކީ ޑިކްޓޭޓަރެއް ނޫން ކަމަށެވެ. އަދި މައުމޫން އެކަން ކޮށްދެއްވަން ބޭނުންފުޅު ނުވި ނަމަ ރާއްޖެއަށް މިއަދު މި އޮތް ޑިމޮކްރަސީއެއްވެސް ނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
”މައުމޫން އަތްޕުޅު ދަށުން، އެ މަނިކުފާނު ބޭނުންފުޅުވެގެން މި ޑިމޮކްރަސީ އަޅުގަނޑުމެންނާ ހަމައަށް ލިބުނީ. އަޅުގަނޑު މިއީ އެ މަސައްކަތުގައި އެންމެ އިސްކޮށް ހުރި މީހާ ފައިނޭންސް ދާއިރާ ކަމަށް ވިޔަސް ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ކަމަށް ވިޔަސް،“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށްޓަކައި މައުމޫން 2004 ގައި އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގައި ނެތް ކަމެއް މިއަދު ނުހިނގާ ކަމަށެވެ. އެގޮތުން ދިވެހިން މިއަދު މި ދެކޭ ޑިމޮކްރަސީގެ އިތުރުން މިނިވަންކަން މައުމޫނާއި މައުމޫންގެ ސަރުކާރުން ދޭން ބޭނުންފުޅު ނުވި ނަމަ މިއަދު ވެސް ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
”ހަމަ ތިބެން ޖެހޭނީ ހަޅޭއްލަވަލަވައި މަގުމަތީގައި. އެއީ ހަމަ ކަށަވަރު ކަމެއް،“ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ތައުރީފު މައުމޫނަށް ދަންނަވަނީ ހައްގު މަސައްކަތްޕުޅުތަކެއް މައުމޫން ކުރެއްވުމުން ކަމަށެވެ.




1 Comment
ގުޅުންހުރި
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި