ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފި އެވެ.
މާލެ ސާފުކުރުމުގެ އެ ހަރަކާތް ފައްޓަވައިދެއްވީ އެ ހަރަކާތް ފައްޓަވައިދެއްވީ މިއަދު ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފެވެ. މާލެ ސާފުކުރުމުގެ އެ ހަރަކާތުގައި ސިޓީ ކައުންސިލާއި ސަރުކާރުގެ ގިނަ މިނިސްޓްރީތަކުން ބައިވެރިވެ އެވެ.
އެ ހަރަކާތް ކުރިއަށް ގެންދަނީ ”ރޯދަ ސާފު“ ނަމުގަ އެވެ. ސާފު ކުރުމުގެ ބޮޑު އެ ހަރަކާތް ކުރިއަށް ގެންދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކަކުން ސާފުކުރަމުން ދަނީ އާޓިފިޝަލް ބީޗް ސަރަހައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި އިސްކޮށް ހަރަކާތްރިވަމުން ދަނީ އާރުޑީސީއާއި، ހެރިޓޭޖް މިނިސްޓްރީގެ އިތުރުން ލޯކަލް ގަވަނެސް މިނިސްޓްރީ އެވެ.
ދެވަނަ ގްރޫޕުން އުސްފަސްގަނޑު ހިމެނޭ ސަރަހައްދު ސާފުކުރާއިރު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފް، އެމްޑަބްލިޔުއެެސްސީ، ހެރިޓޭޖް މިނިސްޓްރީ އަދި ލޯކަލް ގަވަނެސް މިނިސްޓްރީންނެވެ.
އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ތިންވަނަ ގްރޫޕުން ކުރާގޮތަށް ހަމަޖެހިފައިވާއިރު އެ ގްރޫޕުގައި ހިމެނެނީ ފުލުހުންނާއި، ކަރެކްޝަން ސާވިސް، އެންޑީއޭގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއާއި ލޯކަލް ގަވަނެސް މިނިސްޓްރީ އެވެ.
ގްރޫޕް ހަތަރަކުން ސާފުކުރަމުން ދަނީ ޕޯޓްސް ލިމިޓެޑް ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދު ސާފުކުރުމުގައި ހަރަކާތްރިވަމުން ދަނީ ހެރިޓޭޖް މިނިސްޓްރީއާއި ލޯކަލް ގަވަނެސް މިނިސްޓްރީންނެވެ.
ގްރޫޕް ފަހަކުންއިން ސާފުކުރަމުން ދަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ހަރަކާތްރިވަމުން ދަނީ މޯލްޑިވްސް ގޭހާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.
އަދި އެ ހަރަކާތުގެ ދަށުން ހުޅުލެ ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ، ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު 100 މެގަވޮޓަށްވުރެ މައްޗަށް!
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ
މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތައް، މި ގަޑިތަކުގައި ކަރަންޓު
ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 2