އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން 40 ރުފިޔާ ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ފިޔާގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކަމުން އައީ 350 ރުފިޔާއަށެވެ. އަދި ކިލޯއެއް ވިއްކަމުން އައީ 16 ރުފިޔާއަށެވެ. ނަމަވެސް އެސްޓީއޯ އިން ފިޔާ ބަސްތާއެއް މިވަގުތު ވިއްކަމުންދަނީ 310 ރުފިޔާއަށެވެ. ކިލޯއެއް ވިއްކަމުންދަނީ 14 ރުފިޔާއަށެވެ.

އެސްޓީއޯ އިން ވިއްކާ ފިޔާގެ އަގު ހެޔޮކުރި އިރު، މިވަގުތު ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 360 އާއި 400 އާ ދެމެދުގެ އަގެއްގަ އެވެ

އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސް އިން ފިޔާ ހޯލްސޭލްކޮށް ވިއްކަމުންދާއިރު، ވަކިން ގަންނަން ބޭނުންވާ މީހުންނަށް ފިޔާ ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.

އެސްޓީއޯ އިން ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަދި އަލުވީގެ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ.

ވަކިން ބިސް ވިއްކަމުންދަނީ 2 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް ވިއްކަމުން ދަނީ 18 ރުފިޔާއަށެވެ.