މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން ތަރައްގީ ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ޑިޒައިނަށް ތަރައްގީކުރި ފާލަން ހުޅުއްވައިދެއްވީ މިރޭ އެ ތަނުގައި ބޭއްވި ހަފުލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ބައްތެއްޔެއްގެ ޑިޒައިނަށް ކުރިން ފަރުމާކުރި އިއްޒުއްދީން ފާލަން ހުޅުވީ މީގެ އެންމެ ނުވަ އަހަރު ކުރިން ޖުލައި، 2015، ގަ އެވެ. ޗައިނާ ސަރުކާރުގެ އެހީގައި އެތަން ހެދީ ސިފައިންނެވެ.
ނަމަވެސް ފާލަމުގައި ދަބަރު ޖެހުމާއި ބައްތެލީގެ ރިޔާ ގޮތަށް ސިފަވާ ގޮތަށް ހުރި ސަތަރިގަނޑު ހަލާކުވެގެން ދެ ފަހަރަކު ފާލަން މަރާމާރު ކުރަންޖެހުނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޖުމުލަ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަސްމީ ފާލަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިން ބޭނުން ކުރުމަށް ރަސްމީ ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރެވެ.
ކުރިން އެ ފާލަމަށް ކިޔައި އުޅުނީ އެއް ނަންބަރު ޖެޓީ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 2015 ގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އަލުން ހަދައި ހުޅުވީ އިއްޒުއްދީން ފާލަމުގެ ނަމުގަ އެވެ.



9 Comments
ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި