މި ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި އަދަދު ވިއްސާރަވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު ކަރަންތު ބޭނުންކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ޕީކު ގަޑީގައި ވެސް އިއްޔެ ބޭނުންކުރީ 78 މެގަވޮޓް ކަމަށާއި ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން އާންމުކޮށްފައިވާ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓުގައިވާ ގޮތުން އެންމެ ޕީކް ގަޑިއަކީ ހަވީރު 4-5 އާ ދެމެދެވެ. އެކަމަކު އިރުއޮއްސި ހަތެއްގެ ފަހުން ކަރަންޓު ބޭނުންކުރި އަދަދު ވަނީ 68 މެގަވޮޓަށް ވެއްޓިފަ އެވެ. އެ ވަގުތަކީ މާލެ ސަރަހައްދަށް އިއްޔެ ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: