ރާއްޖޭގައި ކިޔަވައިގެން ނުކުންނަ ދިވެހި ކުދިން އިސްލާމް ދީނާމެދު ފާޅުކުރާ ހިޔާލުތަކަކީ ޖަހަމުންދާ ނުރައްކާތެރި ރަނގަބީލެއް ކަމަށް ޝައިހް އަހުމަދު ސަމީރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
”އިސްލާމްދީން މަތީ ސާބިތުވާށެވެ!“ މި މައުޟޫއަށް ރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބޭއްވި އިހްޔާ ފޯރަމުގައި ޝައިހް ވިދާޅުވީ، ކުދި ގައުމުތަކުން ބޮޑެތި ގައުމުތަކަށް ބަރޯސާވާންޖެހޭ ޒަމާނެއްގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ 800 އަހަރު ވަންދެން އިސްލާމްކަންމަތީ ސާބިތުވެފައި އޮތުމަކީ މީހަކު ގަބޫލުވެސް ނުކުރާނެ ކަމެއް ކަމަށެވެ.
އަދި އެތައް އިންސާނުންނަކާއި ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާ ބާރުގަދަ ގައުމުތައް އިސްލާމްކަމުގެ ނިއުމަތުން މަހުރޫމްވެފައިވާއިރު ރާއްޖެ އިސްލާމްކަންމަތީގައި ލެހެއްޓެވުމަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝައިހް ވިދާޅުވީ، ގެންގުޅޭ ފޯނާއި ކޮމްޕިއުޓަރާއި އިންޓަނެޓް އަދި ޓީވީތަކުން ތަފާތު އެކިއެކި ފިކުރުތަކާއި އޮއިވަރުތައް ގޭތެރެއަށާއި ދަރިންނަށް ފެންނަމުންދާއިރުގައި އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ ވާހަކަ އެހެން ހުރިހާ ޒަމާނަކަށްވުރެ ބޮޑަށް މިއަދު ދައްކަންޖެހިފައިވާ ކަމަށެވެ.
”ރާއްޖެއިން ކިޔަވައިގެން ނުކުންނަ ބައެއް ދަރިވަރުން އިސްލާމް ދީނާމެދު ފާޅުކުރާ ހިޔާލުތައް އަޅުގަނޑުމެންގެ ކަންފަތުގައި އެ ޖަހަނީ ވަރަށް ނުރައްކާތެރި ރަނގަބީލެއް. އެއީ ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް. ކިހިނެތްތޯ މި ގައުމަށްވާނީ އެ އަޑުތައް ގަދަވެ، އެ އަޑުތަކުގައި ވައި ހިފާ، އެ އަޑުތައް އަޅުގަނޑުމެންގެ ތެރޭގައި ބާރުވެރި ހިސާބަކަށް ގެންގޮސްފިއްޔާ ވާނީ ކިހިނެތްތޯ؟“ ޝައިހް ސަމީރު ވިދާޅުވި އެވެ.




ގުޅުންހުރި
މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް
މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް
މަޖިލީހުގެ ދައުރު ކުރުކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލު ކޮމިޓީން ފާސްކޮށްފި
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ވެއްޖެ!
ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު