ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ތާރު އަޅައިގެން ނ. ހޮޅުދޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮކްޓޯބަރު 2022ގައެވެ.
ޕްލޭނިން މިނިސްޓްރީން އޭރު ބުނީ 71 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރާނެ އެވެ. ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އެހެންވެ މި ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފަ އެވެ.
އާރުޑީސީން މިއަދު ބުނީ، ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކާމިނީ މަގުގައި މަގު ބައްތީގެ ބިންގާ އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް
އެމްޑަބްލިޔުއެސްސީން ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ރަށްރަށުގެ މަގުތައް ރަނގަޅުވާނީ ތާރު ނާޅައި ތަރައްގީ ކުރުން: ރައީސް
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ