ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މުއްދަތު މިއަދު 11:00 ޖަހާއިރަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް މިރޭ އަލުން ހުޅުވާލާފައިވާނެ ކަަމަށެވެ. އަލުން ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ކަމަށްވެސް ބުންޏެވެ.
ނިހާޔަތު ވަނީ 2019 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފަ އެވެ. އެ ފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތުގެ އިތުރުން ދިޔާނާ ސައީދުއާއި ޑްރަގް ކޯޓުގެ ގާޒީއަށް އޭރު ހުންނެވި ސުޕްރީމް ކޯޓުގެ މިހާރު ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމު ހަ އަހަރު ވަންދެން އަދާކުރައްވައިފަ އެވެ. އޭނާ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ 2016 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވީ އޭގެ ތިން އަހަރު ފަހުން 2019 ގައެވެ.

ގުޅުންހުރި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި