އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގައި ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން މަދަނީ ދައުވާ ކުރަން ނިންމީ ދަރިންގެ މަންމަގެ ހައިސިއްޔަތުން އެކަމަނާ އަމިއްލައަށް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ
ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ އާއިލާ ތަމުސީލު ކުރައްވާ ވަކީލުންގެ ޓީމުގެ އިސް ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ މި މައްސަލާގައި ރައީސްގެ އާއިލާގެ ފަރާތުން މެޑަމް ސާޖިދާ ނެރުއްވަވާ ނޫސްބަޔާން އިއްވައިފަ އެވެ.
އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ މިއަދު އެކަމަނާގެ ކުދިންނާ، ހާއްސަގޮތެއްގައި 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެ ކުދިންގެ ނަމާއި ކަރާމަތް ނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެ ކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސްދުކުރީ ކަމަށެވެ.
އަދި އެއީ ކޮންމެ މީހަކު ފަދައިން އެކަމަނާގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ ދަރިން ކަމުގައިވީތީ ކަމަށާއި އެ ކުދިންގެ ރައްކާތެރިކަމާއި މުސްތަގުބަލު ކަށަވަރު ކުރުމަކީ އެ ކުދިންގެ ބައްޕައާއި އެކަމަނާގެ ޒިންމާއަކަށްވީތީ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މައުސޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ އަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު އެ ފިޔަވަޅު އެޅުމަކީ މުސްތަގުބަލުގައި މި ފަދަ މަގާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
”އަޅުގަނޑު މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ޙައިޞިއްޔަތުން އަޅުގަނޑު އަމިއްލައަށް ފަރުދީގޮތުންނެވެ. ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ގާއިމުވުމެވެ،“ މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.




8 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި