ހަމަލާ ނުދީ ތިބުމަށްފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ އެތަން މިތަނަށް މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ދިން ހަމަލާތަކުގައި 183 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީންގެ ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފަށާފައި މިވަނީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދިނުން މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެވަނަ މަރުހަލާ ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތަކުގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުންނެވެ.
ފަލަސްތީންގެ ހެލްތް މިނިސްޓްރީން އިއްޔެ ބުނީ އަންގާރަ ދުވަހު ދިން ހަމަލާތަކުގައި ޖުމުލަ 436 މީހަކު ޝަހީދުވި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ.
އެގޮތުން 183 ކުދިން ޝަހީދުވި އިރު، ދެން ހިމެނެނީ 94 އަންހެނުންނާއި 125 ފިރިހެނުންނާއި އުމުރުން ދުވަސްވީ 34 މީހެކެވެ.
އަންގާރަ ދުވަހު ދިން ހަމަލާތަކަކީ އަދި ފެށުމެއް ކަމަށް ބެންޖަމިން ނަތަންޔާހޫ ބުނި އިރު އިއްޔެވެސް ވަނީ ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ.
ގައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވި ގޮތުގައި އިއްޔެ ދިން ހަމަލާތަކުގައި 13 މީހުން ޝަހީދުވެފައެވެ.
އޮކްޓޯބަރ 7، 2023 އިން ފެށިގެން ގާޒާގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު 49،547 އަށް އަރާ ކަމަށާއި، 112،547 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި