ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް، އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސާ އެކު ވެސް އާސަންދަ ލިބޭ ގޮތަށް އަލުން ހަދައިފި އެވެ.
އާސަންދައިގެ ހަރަދު ބޮޑުވުމުގެ ސަބަބުންނާއި އާސަންދައިގެ ނަހަމަ ބޭނުންކޮށް ބައެއް ފަރާތްތަކުން ބޮޑު އަގުގައި ބޭސް ވިއްކަމުންދާތީ ސަރުކާރުން ވަނީ އާސަންދަ ރީފޯމް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތުގެ ދަށުން ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އާސަންދަށް ގެނައި އެ ބަދަލަށް ގިނަބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ،އެ އުސޫލަށް އާސަންދަ ކުންފުނިން ވަނީ މި ހަފުތާ ތެރޭގައި ބަދަލުތަކެއް ގެނެސްފަ އެވެ.
މާލޭ ސަރަހައްދުގެ ހޮސްޕިޓަލެއްގެ އިސް އޮފިޝަލެއް ވިދާޅުވީ މި ފަހުން ގެނައި ބަދަލުން، ކޮންސަލްޓޭޝަނަށް ފުރަތަމަ ޗާޖުކުރާނީ އަމިއްލަ އިންޝުއަރެންސުން ކަމަށެވެ. އޮފިޝަލް ވިދާޅުވީ އާސަންދައިން ކަނޑާނީ ބާކީ އަދަދު ކަމަށާއި އެހެންވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެން ހިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތަށް އާސަންދައިން މަޝްވަރާތައް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ދެމައިންގެ މަރު: އެއާ އެމްބިއުލާންސްގައި އޮކްސިޖަންއެއް ނެތް، ވެންޓިލޭޓަރު ހަލާކުވެފައި!
ވިހާފައި ދަރިފުޅާއި މަންމަ މަރުވެއްޖެ، އާސަންދަ ހަމަނުޖެހި ފަރުވާ ލަސްވިކަމުގެ ތުހުމަތު!
ދުބާއިގެ ހޮސްޕިޓަލަކާއި، ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފި
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ:
ޕްރައިވެޓް އިނިޝުއަރެންސް އޮތަސް ޖީބުން ފައިސާ ދައްކަންޖެހޭނަމަ އާސަންދަ ލިބޭނެ
ކުރީގެ މެންބަރު ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާ އާސަންދައިން ދިން