ސްޓެލްކޯއަށް 2023 ވަނަ އަހަރު ލިބުނު މާލީ ބޮޑު ގެއްލުމުން އަރައިގަނެ، ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ އެކްސްގައި މިއަދު ވަނީ މިދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލީ އުސްއަލިތައް ހާމަކުރައްވައިފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެއީ މިދިޔަ ހަ އަހަރު ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
ނަމަވެސް މިދިޔަ އަހަރު އެ ގެއްލުމުން އަރައިގަނެ، ސްޓެލްކޯ އިން ވަނީ 138 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފަ އެވެ. މިއީ މިދިޔަ ހަ އަހަރު ތެރޭ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ހާމަކުރެއްވި ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ސްޓެލްކޯގެ މާލީ ހާލަތު ދިޔައީ ރަނގަޅުވެ، ފައިދާ އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު އެ ކުންފުންޏަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.
ނަމަވެސް ޖެހިގެން އައި ދެ އަހަރު، 2021 އަދި 2022 ގައި ފައިދާ ދަށަށް ގޮސް، 2023ގައި ސްޓެލްކޯއަށް ގެއްލުމާ ކުރިމަތިވި އެވެ.
ފަހުމީ ވިދާޅުވީ 2023 ވަނަ އަހަރު ލިބުނު ގެއްލުމުން އެ ކުންފުންޏަށް އަރައިގަނެވުނީ ވަސީލަތްތައް ހަރުދަނާގޮތުގައި ބޭނުންކުރުމާއި އިސްރާފު ކުޑަކުރުން އަދި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށެވެ.

2 Comments
ގުޅުންހުރި
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް