ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވަޒަންތަކަކާއެކު ހައްޔަރުކުރީ ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައި ކޮލަމްބިއާ މީހެއް ކަމަށް އެނގިފައިވެ އެވެ.
އެ މީހާގެ ބަންދުން ކޯޓުން ވަނީ ހަދުވަސް ޖަހައިފަ އެވެ.



