”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ މީހަކަށް ގޯތި ލިބުނު ކަމަށް ލިޔުން ދިން މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސަސްޕެންޑްކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ 17 މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ 17 މުވައްޒަފުންގެ ތެރެއިން ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެކަކު ވަނީ އަމިއްލައަށް އިސްތިއުފާދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބާކީތިބި 13 މީހުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.،
ހިޔާނާތުގެ އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މުވައްޒަފުން މަގާމުން ވަކިކޮށް، އަނެއްކާވެސް ވަޒީފާ ދީ، ސަސްޕެންޑުކުރި އެވެ. އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލީ ޖިނާއީ ތަހުގީގަށްފަހުގަ އެވެ.
އެޗްޑީސީގެ ތެރެއިން ހިންގި އެ ހިޔާނާތާ ގުޅިގެން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ސަސްޕެންޑުކުރި އެވެ. ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފުލުހުން ފަޒުލްއަށް ކުރަނީ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ނައްތާލި ކަމުގެ ތުހުމަތެވެ.




2 Comments
ގުޅުންހުރި
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ