ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ

ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ހދ. ކުޅުދުއްފުށީ/ މަނާޒް، ސާޖިދު ސަމީރު، 34އ. އެވެ

މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޕްރިލް 2، ގައެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ އަމިއްލައަށް މަރުވާން އުޅުމުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އޭނާ މަރުވީ އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.