ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް1 ގެ އެޕާޓްމަންޓްތަކުން މާދަމާގެ އެކި ވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން މާދަމާގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު، ހިޔާ 1ގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އަދި އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށްވެސް އެދިފަ އެވެ.



