ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ/ ޝައިހު އިސްމާއިލް މުހައްމަދަށް މިރޭ އަރުވައިފި އެވެ.
މިއީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
މިރޭ ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ޝައިހު އިސްމާއިލަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް އެ ޝަރަފު އެރުވީ އިސްލާމީ އިލްމު ފެތުރުއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މިހާރު އުމުރުން 90 އަހަރު ވެފައިވާ ޝައިހް އިސްމާއީލް އަކީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ 1970 ގެ އަހަރުތަކުގަ އެވެ.
މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި ޝައިހު އިސްމާއިލް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްފައިފަ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން