ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލަ މީހެއްގެ އަތުން ބައި މިލިއަނަށްވުރެ ނެގި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝާން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މ. ސީވިންޑް، ފުތިހަ ޝާކިރުގެ މައްޗަށެވެ.
އޭސީސީން ބުނީ، 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، ފުތިހަ ޝާކިރު، އެޗްޑީސީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމުލަ 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. އަދި ބިން ވިއްކާނެ ކަމަށް ބުނެ ހޯދި ފައިސާ އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވެ އެވެ.




2 Comments
ގުޅުންހުރި
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް