ސިފައިންގެ ފެންވަރު މަތިކުރުމަށް ވަސީލަތްތައް ހޯދައިދިނުމުން އެކަމާ މަލާމާތްކުރާ މީހުންނަކީ ގައުމީ ލޯތްބެއް ނެތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތް ކަމަށެވެ.
އެގޮތުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ ސިފައިންގެ އުޅަނދުތައް ހަލާކުވެފައި ހުރި އިރު، ފަހުރުވެރި މިނިވަން ގައުމެއްގައި އެއީ ހުންނަންޖެހޭ ގޮތްތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
”އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށްވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް. އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް…އަޅުގަނޑު މި މަސައްކަތް މިކުރަނީ ފަހުރުވެރިކަމާއެކީގައި. އިރާދަކުރެވިއްޔާ ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ދާނީ ފަހުރުވެރިކަމާއެކު ކުރިއަށް،“ ރައީސް ވިދާޅުވި އެވެ.

15 Comments
ގުޅުންހުރި
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް