އެ މަނިކުފާނުގެ ތަސައްވުރަކީ ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއަކާއި ނޭވީއަކާއި އާމީއެއްވެސް އުފެއްދުން ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ ސިފައިންގެ އުޅަނދުތައް ހަލާކުވެފައި ހުރި އިރު، ފަހުރުވެރި މިނިވަން ގައުމެއްގައި އެއީ ހުންނަންޖެހޭ ގޮތްތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަނިކުފާނުގެ ތަސައްވަރުވެސް ހާމަކުރައްވައިފަ އެވެ.
”އަޅުގަނޑުގެ ތަސައްވަރަކީ މި މަސައްކަތް މިގޮތުގައި ކުރިއަށް ގެންގޮސް މާދުރުނޫން މުސްގަތުބަލެއްގައި އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީއެއްވެސް އުފެއްދުން، އެ ހިސާބަށް އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަކުރަން މަސައްކަތް ކުރާނަން“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
”އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށްވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް. އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް…އަޅުގަނޑު މި މަސައްކަތް މިކުރަނީ ފަހުރުވެރިކަމާއެކީގައި. އިރާދަކުރެވިއްޔާ ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ދާނީ ފަހުރުވެރިކަމާއެކު ކުރިއަށް،“ ރައީސް ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު
ވަގަކަށް ވަގެކޭ ގޮވޭނެ؛ ޖެހޭނީ ހަޖަމް ކުރަން، ޔާމީން
ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް
ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފި ނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރަނީ
35 ލައްކަ ރުޕީސްގެ ހަދިޔާ ނުދީގެން އަނބިމީހާގެ ގައިގާ ރޯކޮށްލައި، މަރާލައިފި
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު 143 މިލިއަން ޑޮލަރަށް ވުރެ ގިނަ