ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހަކު 54 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެ ހުކުމް ދައުލަތުން އޭނާއާ ދެކޮޅަށްކުރި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ދައުވާ ސާބިތުވެގެންނެވެ.
އެ މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް އޭނާ ތިން އަހަރު ބަންދުގައި ހުރުމުން ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައި ބުންޏެވެ.


