ސަރުކާރުގެ މައި ހޮސްޕިޓަލް. އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތް ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކް ހުސްކޮށް 75 އެނދުގެ އެ ވޯޑް ކޮމްޕްލެކްސްއެއް ހަދަން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އާރުޑީސީން މިއަދު ބުނީ، އެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކޮމްޕެލެކްސް ހަދާފައިވާނީ އެންމެފަހުން ވަސީލަތްތަކާ އާލާތްތައް ހިމެނޭ ގޮތަށް ކަމަށްވެސް ބުންޏެވެ.
އެ ކޮމްޕެލެކްސްގައި 28 ފާހާނާ އަދި 6 ނާސް ސްޓޭޝަން ހިމެނޭއިރު އެ ތަން ފަރުމާކޮށްފައިވަނީ ހާއްސަ ހާލަތްތަކަށްވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށްވެސް އާރުޑީސީން ބުންޏެވެ.
އައިޖީއެމްއެޗްގެ 75 އެނދުގެ ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ.
ރައީސްގެ ހާއްސަ ޕޮޑްކާސްޓް ’ރައްޔިތުންނާ އެކު‘ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޯޑް ކޮމްޕެލްކްސްގައި ޖެނެރަލް 40 އެނދާއި 15 ހައި ޑިޕެންޑެންސީ ޔުނިޓާއި 14 ޕްރައިވެޓް ޔުނިޓް ހިމެނޭނެ ކަމަށެވެ.

ގުޅުންހުރި
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
ޕޮލިސް ޓްރެއިނިންގައި އުޅެނިކޮށް ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރަށް ލައިފި
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
އުނގޫފާރު ބިން ހިއްކުން: އެމްޓީސީސީ އަށް އަހަރެއް ތެރޭ ހިއްކުނީ 1
ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް 4 ލޭނަށް ފުޅާކޮށް ތާރު އަޅަން