މެއި 20, 2025

ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް، ޕާސްޕޯޓް ހިފަހައްޓައިފި

އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާ ވެއްޓުމުގެ ކުރިން ބޭއްވި ކަމަށް ބުނާ ޕާޓީގައި ބައިވެރިވި މީހުންގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޔުމްނާ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު އޭނާ އާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގާފައި ކަމަށާއި އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި ފުލުހުން ފޮޓޯ އާންމުކުރި މީހުންގެ ނަން:

  1. ރައުދު އަހުމަދު ޒިލާލު
  2. އައިޝަތު ލަޔާލީ އިގުބާލު
  3. އިޒްދިޔާން މުހައްމަދު މައުމޫން
  4. ޔޫސުފް އަހުމަދު އަކްރަމް
  5. ޔޫސުފް ޔައްސާރު އަބްދުލްގަފޫރު
  6. އާމިނަތު ޖުނައިނާ ޖަމްޝީދު
  7. ހުސެއިން ހަމީސް އަލީ
  8. އިޖާޒް ޖާއިޒު

6 Comments

  • Ahmed Niyaaz އޭޕްރިލް 24, 2025

    Rayyithun magu mahchah niku theema dhoh thw

  • Abraham Lincan އޭޕްރިލް 25, 2025

    Filaifi

  • Gold Kinaari އޭޕްރިލް 25, 2025

    Ekaku furuvaslaifi maleysia ah

  • Shaukath Zakariyya އޭޕްރިލް 25, 2025

    Yumna tha?? Yumnu tha?

  • Ayyu އޭޕްރިލް 25, 2025

    Hashi ikkaa balhun Mulhi gaumu furaa.. miee birakaa nulaa majaa kurun Anni Dhajjaalu buni kamakee..

  • Moona Moony އޭޕްރިލް 27, 2025

    Ehbayaku furaigen dhiya fahun

Leave a Reply