ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދަނީ ކޮވިޑްގެ މުޅިން އާ ވޭރިއެންޓެއްގެ ސަބަބުން ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގައި މި ދުވަސްކޮޅު ފެތުރެމުންދަނީ އެންބީ.1.8.1 ނަމަކަށް ކިޔާ ވޭރިއެންޓެކެވެ. އެ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާ އިންނެވެ.
އެ ވޭރިއެންޓުގެ ސަބަބުން ޗައިނާގެ އިތުރުން ހޮންގް ކޮންގް، އެމެރިކާ އަދި އޮސްޓްރޭލިއާގައިވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، ޗައިނާގެ ކަމަާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭޕްރިލް މަހުން ފަށައިގެން މިއިން އަހަރަކު އިތުރުނުވާ ވަރަށް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ.
ޗައިނާ އިން ބުނާ ގޮތުން އާ ވޭރިއަންޓް ފެތުރުނީ ފަތުރުވެރިންގެ ފަރާތުން ކަމަށް ލަފާކުރެވެ އެވެ. އެހެންވެ އެމެރިކާގެ އެއާޕޯޓުތަކުގައި ކޮވިޑަށް ސްކްރީން ކުރަން ވަނީ ފަށައިފަ އެވެ.
އެމެރިކާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ސްކްރީން ކުރަން ފަށާފައި މިވަނީ ރަނގަޅު ސިއްހަތެއްގައި ތިބި ކުޑަކުދިންނާއި މާބަނޑު އަންހެނުން ކޮވިޑް ވެކްސިން ނުޖެހިޔަސް ރަނގަޅުވާނެ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔޫރަޕުގެ ގައުމުތަކުގެ އިތުރުން ދެކުނު އޭޝިއާއާއި މެދުއިރުމަތީގެ ގައުމުތަކުންވެސް ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. އެ ސަރަހައްދުތަކުން ބޮޑަށް ފެންނަމުންދަނީ ޖޭއެން.1 ވޭރިއަންޓެވެ.
ހާއްސަކޮށް އިންޑިއާގައި ކޮވިޑް ކޭސްތައް ފެންނަމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އެ ގައުމުން ކޮވިޑްގެ 3000 ކޭސް ފެނިފައިވާއިރު، އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ކެރެލާއިންނެވެ. އަދި ބަލީގައި ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު
އިޒްރޭލަށް ޚާމަނާއީގެ އިންޒާރު: ތި ތައްޔާރުވީ އަމިއްލަ ނެތިދިއުމަށް، ހަރުކަށި އަދަބެއް