ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް އެކްޓިން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އައްޔަން ކުރައްވައިފި އެވެ.
ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު 26 އޭޕްރިލް 2025 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ނަވީންއާ ހަވާލުކުރެއްވި އެވެ.
ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ނަވީން އާއި ފަރުހާދުގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމެވެ.
ނަމަވެސް އެ ބޭފުޅުންނާ އިންޓަވިއުކޮށް ދީފައިވާ މާކްސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީއަށް މިދިޔަ ބުދަ ދުވަހު ފޮނުވި އިރު، ’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ތިން ބޭފުޅުންގެ ތެރެއިން އިންޓަވިއު އިން ފަރުހާދާއި ޝަމީމް ފެއިލްވި އެވެ. އެހެންވެ ސީޕީގެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ފާސްކުރީ ނަވީނެވެ.
ނަވީން މިއަދު ސީޕީގެ މަގާމަށް އައްޔަން ކުރި އިރު، އެ މަގާމަށް ނަވީން އައްޔަން ކުރަން ޕޮލިސް ބޯޑުން ފާސްކުރި ހަބަރު މި ނޫހުން ގެނެސް ދިނުމުން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނަ ޕީއެންސީގެ އެކްޓިވިސްޓް ފާތިމަތު ރިފާއަތު ވަނީ އެކަން ދޮގުކޮށްފަ އެވެ.

ގުޅުންހުރި
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ