މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ބޭރަށް ފުރައިގެންދިޔަ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ ފޯނާއި ޕާސްޕޯޓް ވަނީ ކޯޓް އަމުރެއްގެ ދަށުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރައުދު އާއި އޭނާގެ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު އަދި އެ ދެ މީހުންގެ މަންމަ އެއާޕޯޓުގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯ ހިއްސާކުރި މީހާ ބުނެފައިވާ ގޮތުން ރައުދު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.
ނަމަވެސް އެކަން ދޮގުކޮށް ފުލުހުން މިއަދު ބުނީ، ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބަ އޮތް ކަމަށެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ރައުދު އާއި އޭނާގެ އާއިލާ އެއާޕޯޓުގައި ހުއްޓާ ނަގާފައިވާ ފޮޓޯއަކީ އެ މީހުން މާލެ ކައިރި ރިސޯޓަކަށް ފުރުމަށް ގޮސް ހުއްޓައި ނަގާފައިވާ ފޮޓޯއެކެވެ.

ގުޅުންހުރި
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި