އއ. ތޮއްޑުގައި ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި، އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ގެނެސްފި އެވެ.
ރޭ 7:30 ހާއިރު ހިނގި އެ އެކްސިޑެންޓްގެ ވީޑިއޯ މިހާރު ސޯޝަލް މީޑިގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުން އެކްސިޑެންޓް ހިނގީ ތިން އަންހެނުންނާ އެކު ކުއްޖާ މަގުމަތިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ކުއްޖާ ދުއްވައިގަތް ތަނުން، ބާރު ސްޕީޑުގައި އައި ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލުގައި ތިބީ ދެ ފިރިހެނުންނެވެ.
ސައިކަލުން ޖެހުނު ގޮތަށް ކުއްޖާ ވިއްސައިގެން ގޮސް ބިން މައްޗަށް ވެއްޓެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުން ސައިކަލުން ޖެހުނު ގޮތަށް އެ ކުއްޖާގެ ހަރަކާތް ހުސްވެ އެވެ.
އެއާ އެކު، މަގުގެ އެއް ފަރާތުގައި ހުރި ފިރިނަކު ވަގުތުން ކުއްޖާ ނަގައިގެން އިތުރު ބަޔަކާ އެކު ދުވެފައި ދާ ތަން ފެނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުން އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެ ކުއްޖާ އިމަޖެންސީގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނާ ގޮތުން ބާރު ސްޕީޑުގައި ދުއްވި ސައިކަލު ފުލުހުން މިހާރު ވަނީ ޓޯކޮށްފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.




28 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން