މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ

ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29 އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތަހުގީގަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި މޫސައަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މޫސަ މަރާލި ކަމަށް އިއުތިރާފުވުމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގައި ހިނގި މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ.

މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.