މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ކެންސަރުގެ ސަބަބުން މަސައްކަތް ދިނުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު ހީނާ ޚާން ބުނެފި އެވެ.
ހީނާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އިއުލާން ކުރުމަށްފަހު އޭނާ ވަނީ ގިނަ ފުރުސަތުތަކެއް ދޫކޮށް އޭނާގެ ރިކަވަރީއަށް އިސްކަން ދީފައެވެ. ނަމަވެސް މިހާރު ”ޕާޓި ޕަޓްނި އައޫ ޕަންގާ“ ގެ ކުޑަ ރޯލެއް އޭނާ ދަނީ ކުޅެމުންނެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހީނާ ބުނީ، އޭނާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އިއުލާން ކުރި ފަހުން ގިނަ މީހުން އޭނާއަށް މަސައްކަތް ހަވާލުކުރުމަށް ޖެހިލުންވާކަން އިހުސާސްކުރެވޭ ކަމަށެވެ.
އަދި އެ ވާހަކަ ސީދާ އޭނާއާ ދިމާއަށް ނުބުނި ނަމަވެސް އޭނާ އެއްކޮން ކެންސަރުން ސަލާމަތްވެފައި ނުވާތީ ގިނަ މީހުން އޭނާ ލައްވައި މަސައްކަތް ކުރުމަށް ފަސްޖެހޭކަން އޭނާއަށް އެނގޭ ކަމަށާއި އެ މީހުންގެ އެ ވިސްނުން ގަބޫލުކުރާ ކަމަށް ބުންޏެވެ.
އުމުރުން 37 އަހަރުގެ ހީނާ ވަނީ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ޓީވީ ސީރީސްތައް ކަމަށްވާ، ”ޔޭ ރިޝްތާ ކިޔާ ކެހެލާހޭ“، ”ކަސޯޓީ ޒިންދަގީ ކޭ 2“ ގައި މަސައްކަތްކޮށްފަ އެވެ. އޭނާއަކީ ބިގް ބޮސް 11ގެވެސް ބައިވެރިއެކެވެ.
ހިނާ ބުނެފައިވާ ގޮތުގައި އޭނާ ދެން ފެނިގެން ދިއުމަށް އުންމީދު ކުރަނީ ޖާސޫސް ޖާންރާގެ ފިލްމަކުންނެވެ. އޭނާ މިހާރުވެސް އެފަދަ ގިނަ ފިލްމުތައް ބަލާފައިވާ ކަމަށާއި އެ ފިލްމުތައް ފަދަ ފިލްމަކުން ފުރުސަތު ލިބުމަށް އޭނާ އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި
އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް އެޅުވުމަށްފަހު ”ކަނބުލޮ“ ހުޅުމާލެ ޝްވެކް ސިނަމާ އަށް
ކާމިޔާބު ޝޯތަކަކަށްފަހު ”ކަނބުލޮ“ ފިލްމުގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި
ނެޓްފްލިކްސްގެ ރަސްކަމުގައި ސައްޔާރާ, ރާއްޖޭގެ ޓްރެންޑިންގެ އެއްވަނަ ވެސް ހޯދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
”އެޓާނަލް ލަވް“ގެ އެކްޓަރު އިމާރާތަކުން ވެއްޓި މަރުވެއްޖެ
ގަތް ބިރުން ކަރިޝްމާ ޝަރްމާ ރޭލަކުން ފުންމާލައިފި، ބޮލަށް އަނިޔާތަކެއް!