ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ވަނީ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެއީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ