މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އާދަޔާ ހިލާފަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން ނޫހަކަށް ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފާއިތުވި ތިން އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު އެއް އަހަރުން އަނެއް އަހަރަށް ދަށަށް ގޮސްފަ އެވެ.
އެގޮތުން 2022 ވަނަ އަހަރު ރާއްޖެއަށް 356.7 މިލިއަން ސިނގިރޭޓު އެތެރެކުރި އިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 350 މިލިއަނަށް ދަށަށްގޮސްފަ އެވެ.
އަދި މިދިޔަ އަހަރު ނިމުނުއިރު 338 ސިނގިރޭޓު އެތެރެކުރި އިރު،. މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަނީ 42،314،387 މިލިއަން ސިނގިރޭޓެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ނޮވެމްބަރު 2019 ގައި ބޮޑުކުރުމުން، 2020 ވަނަ އަހަރުގައި އަމަލުކުރަން ފެށުމާ އެކު ސިނގިރޭޓެއްގެ އަގު ވަނީ ތިން ރުފިޔާ އަށް ބޮޑުވެފަ އެވެ.
އޭގެ ފަހުން، ދުންފަތް ބޭނުންކުރާ ވަރު މަދުކުރުމަށް ސަރުކާރުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކޮށް، ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.




2 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް