ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ އައްޔަންކޮށްފި އެވެ.
ނޭޕާލްގެ ސަރުކާރު ތެރޭގައި ހިންގަމުންދިޔަ ކޮރަޕްޝަނާ ދެކޮޅު އެ ގައުމުގެ ޒުވާނުން ކުރި ވަރުގަދަ މުޒާހަރާގައި ނޭޕާލްގެ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.
ނޭޕާލްގެ ހިންގުން އުމުރުން 73 އަހަރުގެ ސުޝިލާ ކާކީއާ އިއްޔެ ހަވާލުކުރުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ނޭޕާލުގެ ބޮޑުވަޒީރުގެ މަގާމު ހަވާލުވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސުޝިލާ ކާކީ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނީ މުޒާހަރާތައް ކުރިއަށް ގެންދިޔަ ޒުވާނުންނެވެ. އަދި އެކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިންވެސް ތާއީދުކުރެ އެވެ.
ނޭޕާލުގައި މުޒާހަރާތައް ފުރަތަމަ ފެށުނީ ސޯޝަލް މީޑިއާ މަނާކުރުމާ އެކު އެވެ. ނަމަވެސް ފަހުން އެ ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް މީހުން ނުކުމެ މުޒާހަރާތައް ހޫނުވެ ފުޅާވެގެން ދިޔަ އެވެ.
އެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން ހިންގި އިރު، ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ އެތައް ބައެއްގެ ގެތަކުގައި ހުޅުޖަހައި ސިޔާސީ އެކި ބޭފުޅުންނަށް ބޮޑެތި އަނިޔާތަކެއްވެސް ދިނެވެ. އަދި އެ މުޒާހަރާތަކުގައި 50 މީހަކު މަރުވި އެވެ.




1 Comment
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15