’ޕިޔާރްކަ ޕަންޗަމާ 2‘ ގެ ބަތަލާ ކަރިޝްމާ ޝަރްމާ ރޭލަކުން ފުންމާލުމުގެ ސަބަބުން އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޝަރްމާ ރޭލުން ފުންމާލީ މިދިޔަ ބުދަ ދުވަހު ޝޫޓިންއަކަށް ދާން ރޭލަށް އެރި ނަމަވެސް އެ ރޭލަށް އޭނާގެ އެކުވެރިން ނާރާކަން އެނގުމުން އެކަމާ ގަތް ބިރުންނެވެ.
އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ޝަރްމާގެ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ހާދިސާގައި އޭނާގެ ބޮލަށް ގެއްލުން ލިބި، ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި ބުރަކައްޓާއި ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ކަރިޝްމާއަށް އަނިޔާވުމުގެ ސަބަބުން އޭނާ ކުޅެމުން އަންނަ ސީރީޒްތަކުގެ ޝޫޓިންތައް ވަނީ ފަހަށް ޖައްސާލައިފަ އެވެ. ސޯޝަލް މީޑިއާގއި އޭނާއަށް އަވަސް ޝިފާއަކަށް އެދި އޭނާގެ ސަޕޯޓަރުންނާއި އެކުވެރިން ދަނީ ގިނަ ޕޯސްޓްތަކެއް ކުރަމުންނެވެ.



