ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެ ހިދުމަތް މެދުކަނޑާލާއިފައިވަނީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތައް ކުރިއަށް ދާތީ ކަމަށެވެ.
ޕާސްޕޯޓް ކާޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ތައާރަފުކުރި އެއްޗެކެވެ.
ޕާސްޕޯޓް ކާޑު ތައާރަފު ކޮށްފައި ވަނީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށެވެ.
އެގޮތުން އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝް ކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިސަންސް ކާޑު ވެސް ޕާސްޕޯޓު ކާޑުގައި ހިމެނެ އެވެ.



